ކުޑަކުއްޖާ މަރާލިކަމަށް ތުހުމަތު ކުރެވޭ 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި 13 އަހަރުގެ ކުޑަކުއްޖަކު ރަހީނު ކުރުމަށްފަހު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެކަކު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނިންމައިފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން ބުނީ އެމީހުންނަށް މުައްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާ، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ.

އޭގެ ފަހުން އެ ކުއްޖާ ހޯދަން ފުލުހުން ކުރަމުންދިޔަ މަސައްކަތުން އެކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ރޭ 2:38ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ގޮނޑުދޮށުންނެވެ.

މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް