ޒުވާނަކު ގެއްލިގެން ހޯދަނީ، ހަބަރެއް ނުވާތާ ހަފްތާއެއް

ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ)

ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) އެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފަ އެވެ.

ފުލުހުން ބުނީ ޖޫން 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ 19 ވަނަ ދުވަހު ކަމަށެވެ.

އަބޫބަކުރު އިބްރާހީމްގެ ހަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

ޒުވާނަކު ގެއްލިގެން ފުލުހުން ފޮޓޯ އާންމުކުރި އިރު، ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރާލާފައި އޮއްވާ ރޭ ދަންވަރު ވަނީ ފެނިފަ އެވެ.

comment ކޮމެންޓް