Ooredoo
Dhiraagu

ރުފިޔާއަކަށް މާސްކް ވިއްކުމުގެ އަމާޒުގައި ލޮޓަސް އިން ބޮޑު އޯޑަރެއް

ދެ މިލިއަން މާސްކްގެ ޝިޕްމެންޓެއް ތައްޔާރުވެފައި -- ފޮޓޯ" އަހްމަދު އާރިފް

ރާއްޖޭގައި ރުފިޔާއަކަށް ސާޖިކަލް މާސްކް ވިއްކުމުގެ އަމާޒަކާ އެކު ލޮޓަސް އިން ހަ މިލިއަން މާސްކްގެ ބޮޑު ޝިޕްމެންޓެއް ގެންނަން ތައްޔާރުވެއްޖެ އެވެ.

ADK GENERAl

ލޮޓަސް ފިހާރައިގެ މެނޭޖިން ޑިރެކްޓަރު ޒައިނަލް އާރިފް މިއަދު "ސަން" އަށް ވިދާޅުވީ ހަ މިލިއަން މާސްކްގެ ސްޓޮކެއް އޯޑަރުކޮށްފައިވާ ކަމަށާއި، އެއްފަހަރާ ގެނައުމުގައި ދަތިތަކެއް ހުރުމުން ޝިޕްމަންޓް ގެންނަނީ ބަހާލައިގެން ކަމަށެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ މާސްކް ނެގުމުން، އެއް ރުފިޔާއަށް މާސްކެއްގެ މަގުން ރާއްޖޭގައި ވިއްކޭނެ ކަމަށާއި ހޯލްސޭލް ކުރާއިރު ފަސް ލާރި އާއި 10 ލާރި އާދެމެދު އަގުހެޔޮ ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޒައިނަލް ވިދާޅުވިއެވެ.

ޒައިނަލް ވިދާޅުވީ ލޮޓަސް އިން ގެންނަނީ ކޮލިޓީ ރަނގަޅު، ފާމަސީތަކުން ވެސް ލިބެން ހުންނަ ތިން ފަށަލައިގެ މާސްކް ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މާސްކް އެޅުން މަޖުބޫރު އިރު، ވީހާވެސް ހެޔޮ އަގެއްގައި މާސްކް ލިބުމަކީ މުހިންމު ކަމެއްކަން ޒައިނަލް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ އެއް ރުފިޔާއަށް ވިއްކަން. އެެހެން ތަންތަނުގަ އެވަރަށް ވަންޏާ ރާއްޖޭގަ ވެސް ވާން ޖެހޭނެ ދެއްތޯ؟" ޒައިނަލް ވިދާޅުވި އެވެ.

ޒައިނަލް ވިދާޅުވީ ލޮޓަސް އިން ފަށާފައިވާ މަސައްކަތް ކުރިއަށް އޮތް ތަނުގައި މިގޮތުގައި ކުރިއަށް ގެންދަން މަސައްކަތް ކުރާނެ ކަމަށެވެ.

ލޮޓަސް އިން އޯޑަރުކުރި މާސްކްތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. ޒައިނަލް ވިދާޅުވީ ކުރިއަށް އޮތް 21 ވަރަކަށް ދުވަހުގެ ތެރޭގައި އިތުރު ޝިޕްމެންޓެއް ގެނެސް ވިއްކަން ފެށޭނެ ކަމަށެވެ.

"އޭރުން ލޮޓަސް ފިހާރައިން އެއް ރުފިޔާއަށް މާސްކް ލިބިގެންދާނެ،"

މިހާރު އާންމުކޮށް ފާމަސީތަކުން ސާޖިކަލް މާސްކް ލިބެން ހުންނަނީ ދެ ރުފިޔާ އަށެވެ. ނަމަވެސް ބައެއް ފިހާރަތަކުން ފަސް ރުފިޔާއަށް ވެސް މާސްކް ވިއްކަ އެވެ.

Redstar
comment ކޮމެންޓް

comment ނެން

4 year 10 month ago

ލޮޓަސްއައް ކެރެންޏާ ތިތަކެތި ހިލޭބަހާލަބަލަ

comment ާއަލީ

4 year 10 month ago

ވަރަށް ރަނގަޅު. މާސްކު އަޅަން މަޖުބޫރު ނުވާއިރު މަގު މަތީގައި މިތަކެތި ބަހަންވެސް ބެހި. ނަމަވެސް ބޭނުން ޖެހި، މިއަޅަން މަޖުބޫރުވުމުން ހިލޭ މިތަކެތި ދިއްކޮށްލާނެ މީހަކު ނުވި.

reply އައްޔަ

4 year 10 month ago

ޝުކުރުކޮއްބަލަ މިވަރުގެކަމެއް ކޮށްދޭތީވެސް ދިވެހިންނަށް ނޯންނާނެ ރަގަޅު އެއްގޮތްވެސް...