އަކްޝޭގެ "ރަކްޝާބަންދަން"ގެ ބަތަލާ އަކީ ބޫމީ

އަކްޝޭ އާއެކު ރަކްޝާބަންދަން އިން ފެނިގެންދާނީ ބޫމީ---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ރަކްޝާބަންދަން"ގެ ބަތަލާެ ރޯލަށް ބޫމީ ޕެޑްނޭކަރު ހަމަޖައްސައިފިއެވެ.

މީގެ ކުރިންވެސް އެކުގައި މަސައްކަތްކޮށްފައިވާ މި ދެތަރިން ގެ މި ފިލްމުގެ ޝޫޓިން މި މަހު 21 ގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ދެހާސް ނަވާރަ ވަނަ އަހަރު އަކްޝޭ މި ފިލްމު އިއުލާންކުރިއިރު ކޮވިޑް19 އާ ގުޅިގެން މި ފިލްމު ޝޫޓްނުކުރެވި އޮތުމާއެކު ފިލްމު ރިލީޒްކުރެވޭ ގޮތް ނުވީ އެވެ. މި ފިލްމު އެންމެ ކުރިން ރިލީޒްކުރަން ނިންމީ މިދިޔަ އަހަރު އެވެ.

މި ފިލްމު އިއުލާންކުރި ދުވަހު އަކްޝޭ ބުނީ މި ފިލްމަކީ މުޅި ކެރިއަރުގައި ވެސް އެންމެ އަވަހަށް އޭނާ ކުޅެން އެއްބަސްވެ ސޮއިކުރި ފިލްމުކަމަށެވެ. މި ފިލްމަކީ މީހުން ހެއްވާލާ ރޮއްވާލާނެ ފިލްމެއްކަމަށެވެ. އަދި ދައްތަ މެން ތިބޭ މީހުންނަށް ދައްތަމެން ލިބުމަކީ ކިހާބޮޑު ނަސީބެއްކަން ވެސް މި ފިލްމުގެ ޒަރިއްޔާއިން ހާމަވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށް އުފައްދާ މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރީ ހިމަންޝޫ ޝަރްމާ އެވެ.

comment ކޮމެންޓް