ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ މަސް ތެރޭގައި ޖެހޭނެ: އެޗްޕީއޭ

ކޮވިޝީލްޑް ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ ހަ މަސް ދުވަސް ތެރޭގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނިންމައިފި އެވެ.

މިގޮތަށް ނިންމި އިރު އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އިން ތައްޔާރުކުރާ ކޮވިޝީލްޑް ވެކްސިން ރާއްޖެއިން ހުސްވެ އެ ވެކްސިން ދިނުން މަޑުޖެހިފައި އޮންނަތާ ވަނީ މަސްތަކެއް ވެފަ އެވެ.

ހެލްތް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެ ވެކްސިންގެ ދެވަނަ ޑޯޒް ހަމަސްތެރޭ ދިނުމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފާވެސް ލިބިފައިވާ ކަމަށެވެ. އަދި އެލަފަޔާ އެއްގޮތަށް ރާއްޖޭގައި ވެސް އަމަލު ކުރަން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ވެސް ލަފާ ލިބިފައިވާ ކަމަށެވެ. އަދި އެ ލަފަޔާ އެއްގޮތަށް އަމަލުކުރަން ނިންމާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މީގެ ކުރިން އެޗްޕީއޭއިން ނިންމާފައި ވަނީ އަށް ހަފްތާ ތެރޭގައި ދެވަނަ ޑޯޒް ޖަހަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް