މުދާ ބަރުކުރަން އޮތް ދޯންޏެއްގެ ފަޅުވެރިއެއް ކުއްލިއަކަށް މަރުވެއްޖެ

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޕީއެލް ސަރަހައްދުގައި މުދާ ބަރުކުރަން އޮތް ދޯންޏެއްގެ ފަޅުވެރިއަކު ކުއްލިއަކަށް މަރުވެއްޖެ އެވެ.

އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް ވިދާޅުވީ މުދާ ބަރުކުރަން އެމްޕީއެލް ސަރަހައްދަށް ވަދެ އޮތް ސޮނީ ހާޑުވެއާގެ "ފަރުމާ" ބޯޓުގެ ފަޅުވެރިއަކު ހޭނެތިގެން ވެއްޓުމުން އެމްޕީއެލްގެ އެމަޖެންސީ ރެސްޕޮންސް ޓީމުން އޭނާ އަށް އެޓެންޑުވެފައިވާ ކަމަށެވެ.

އަދި ސީޕީއާރު ދިނުމަށް ފަހު އެމްބިއުލާންސްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހާދިސާ ރިޕޯޓު ކުރިތާ ތިން މިނެޓު ތެރޭގައި އެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ދާނިޝް ވިދާޅުވި އެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ މީހާ ވަނީ މަރުވެފަ އެވެ. މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

comment ކޮމެންޓް