"ނާގިން 6"ގައި ނިޔަތީ!

ބަތަލާ ނިޔަތީ---

މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ މަގްބޫލު ސުޕަނެޗުރަލް ޑެއިލީ ސޯޕް ކަމަށްވާ "ނާގިން"ގެ ހަ ވަނަ ބަޔަށް ބަތަލާ ނިޔަތީ ފަތުނާނީ 30، ހަމަޖައްސައިފި ކަމަށް ޚަބަރުތައް ބުނެފި އެވެ.

ނިޔަތީ އަކީ ސްޓާޕްލަސް އިން ގެނެސްދިން ސުޕަނެޗުރަލް ޑްރާމާސިލްސިލާ "ނަޒަރު"ގައި ލީޑު ރޯލު ކުޅުނު ބަތަލާ އެވެ. ނާގިން ގެ ފަސް ވަނަ ބަޔަށް ވެސް ނިޔަތީ ގެންނަން އުޅުނެވެ. ނާގިންގެ ހަވަނަ ބައިގެ އޮޑިޝަންތައް ވެސް މިހާރު އެއްކޮށްނިންމާލިއިރު މި ރޯލަށް އެންމެ ފިޓްވާނީ ނިޔަތީ ކަމަށް ގިނަ ރިޕޯޓްތައް ބުނެ އެވެ.

މި ބައި އަނެއް އަންހެން ލީޑު ތަރިއަކީ ބިގްބޮސް 14 ކާމިޔާބުކުރި ރުބީނާ ދިލައިކް އެވެ.

އެކްތާ ކަޕޫރުގެ ނާގިން އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސީރީޒް އެކެވެ. ނާގިންގެ ފުރަތަމަ ދެ ސީޒަންގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ މޯނީ ރޯއި އާއި އަދާ ޝަރްމާ އެވެ. އަދި ނާގިންގެ ތިންވަނަ ސީޒަންގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ ކަރިޝްމާ ތަންނާ އާއި ސުރުބީ ޖްޔޯތީ އަދި އަނީތާ ހަސަންއަންދާނީ އެވެ.

comment ކޮމެންޓް