އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހާގެ މައުލޫމާތު ހޯދައިފި

މާލޭގެ މަގުމަތީގައި ފުލުހަކު ސައިކަލެއް ހުއްޓުވައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ބުދަ ދުވަހު މާލޭގައި މީހަކު މަރުވާން މެދުވެރިވި ނުރައްކާތެރި އެކްސިޑެންޓަށްފަހު އެތަނުގައި މަޑުނުކޮށް ދިޔަ މީހާގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވީ އެ ރޭ 10:00 ހާއިރު އެވެ. އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން މީހާ އަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

އެކްސިޑެންޓުވުމަށް ފަހު ސައިކަލު ދުއްވަން އިން މީހާ ވަނީ އެތަނުގައި މަޑުނުކޮށް ގޮސްފަ އެވެ.

ފުލުހުން މިއަދު ބުނީ އެކްސިޑެންޓަށްފަހު މަޑު ނުކޮށް ދިޔަ މީހާ އާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް