މާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މޭ 21، 2021: ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރުވުމާއި ގުޅިގެން މާލޭ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ތަންފީސްކުރުމަށް، ކާފިއު ވަގުތު ސިފައިންނާއި ފުލުހުން ގުޅިގެން މަގުމަތަށް ބެލެހެއްޓުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 10:00 ގައި ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ސައިކަލްގެ ފަހަތުގައި އިން މީހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ސައިކަލް ދުއްވި މީހާ އެ ސަރަހައްދުގައި މަޑުނުކޮށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް