އަމާނަ ތަކަފުލް އިން ފައިދާގެ 15 ޕަސެންޓު ހިއްސާދާރުންނަށް

އަމާނާ ތަކާފުލް މޯލްޑިވްސްގެ ދިހަވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

އަމާނާ ތަކަފުލް އިން ނިންމާފައިވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 15 ޕަސެންޓު ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހަން ނިންމައިފަ އެވެ.

އަމާނާތަކާފުލްގެ އާމްދަނީ އަށް 2020 ވަނަ އަހަރު 23 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ކުންފުނީގެ ޖުމްލަ އާމްދަނީ އަށް 127 މިލިއަން ރުފިޔާ ލިބުނު އިރު މިއީ 2019 ވަނަ އަހަރަށް ބަލާއިރު ހަތް ޕަސެންޓު ދަށް އަދަދެކެވެ.

ކުންފުނީގެ ޗެއާމަން، މރ. ތައްޔިބު އަކުބަރު އަލީ ވިދާޅުވީ، "ޓުއަރިޒަމް ދާއިރާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖޭގެ އެކި ސިނާއަތްތަކަށް ވަނީ ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ހުރަސްތަކާއެކު ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި ދުނިއެއަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކު ސިއްހީ ކުއްލިނުރައްކަލުގެ ހާލަތާއެކު މިފަހަރުވެސް އަމާނާތަކާފުލް މޯލްޑިވްސް އިން ވަނީ މާލީގޮތުން އެކަށޭނެ ނަތީޖާއެއް ހާސިލްކޮށްފައއިވާ ކަމަށެވެ.

ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ އިންޝުއަރަންސް ކުންފުންޏެއް ގޮތުގައިއޮވެމެ ކުންފުޏާ ގުޅުންހުރި ހުރިހާ ސްޓޭކްހޯލްޑަރުންގެ އުއްމީދުތައް ހާސިލުކޮށްދިނުން ކަމަށް އަމާނާ ތަކަފުލް އިން ބުންޏެވެ.

ކްލެއިމްސް ގޮތުގައި 37 މިލިއަން ރުފިޔާ މިދިޔަ އަހަރު ވަނީ ދީފައިވާއިރު އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދީފައިވަނީ ސިއްހީ ކަންކަމަށެވެ.

ކުންފުނިތަކާއި ގުޅޭ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިދާރާތަކުން ހަދާފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑުގައިވާ ކަންކަން ފުރިހަމަ ކުރުމަށް މާނާތަކާފުލްއިން ވަނީ ކުންފުނީގެ އާޓިކަލްސް އޮފް އެސޯސީއޭޝަނަށް ބަދަލުތަކެއް ގެނެސް، ކުންފުނީގެ ބޯޑަށް އިންޑިޕެންޑެންޓް ދެ ޑިރެކްޓަރުން ބޯޑަށް އައްޔަންކޮށްފައެވެ.

comment ކޮމެންޓް