ދެމަސް ތެރޭ ނައިފަރުން 880 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް

ނައިފަރުގެ ބަނދަރުގެ އޭރިއަލް ފޮޓޯ އެއް --- ފޮޓޯ: އެމްޓީސީސީ

ޅ. ނައިފަރުން ކޮވިޑް19 ގެ ކޭހެއް ފެނި އެ ރަށް މޮނީޓަރިންގައި އޮންނަތާ އިއްޔެެ އަށް ދެ މަސްވީއިރު ފާއިތުވި ދެ މަސް ތެރޭ އެ ރަށުން 886 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ރޭ އާންމުކުރި ހިސާބުތަކަށް ބަލާއިރު އެރަށުން ކޮވިޑު ކޭސްތައް ފެންނަން ފެށިފަހުން 4،213 ސާމްޕަލެއް ވަނީ ޓެސްޓު ކޮށްފަ އެވެ.

ރެއާއި ހަމައަށް ނަތީޖާ ނުލިބޭ 31 ސާމްޕަލް އޮތް އިރު، އިއްޔެ ވެސް ހަތް މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

މިވަގުތު 135 މީހަކު އެރަށުގައި ބައްޔަށް ފަރުވާ ހޯދަމުން އެބަ ދެއެވެ. އަދި ބަލި ޖެހުނު 747 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

ނައިފަރުގައި ކޮވިޑް ކޭސްތައް މަދު ނުވާ އެއް ސަބަބެއް ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުނަނީ، އެ ރަށަކީ އާބާދީ ބޮޑު ރަށަކަށް ވެފައި، ގިނަ ބަޔަކު އެއް ގެއެއްގައި ތޮއްޖެހިގެން އުޅެން ޖެހިފައި އޮތުމެވެ.

comment ކޮމެންޓް