ފިލިޕިންސް އަދި އިންޑޮނޭޝިއާއިން ނަރުހުން ހޯދަން އިއުލާންކޮށްފި

ހެލްތު މިނިސްޓްރީ

ރާއްޖޭގެ ވަޒީފާތަކަށް ފިލިޕިންސް އަދި އިންޑޮނޭޝިއާގެ ނަރުހުން ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެ މިނިސްޓްރީން ނެރުނު އިއުލާންގައި ބުނީ، 100 ރަޖިސްޓާޑް ނަރުހުން ނަރުހުން ބޭނުންވާ ކަމަށެވެ.

މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެނީ 19،500 އެވެ. ޝަރުތުތަކުގައި ހިމެނެނީ، ބެޗްލާސް އޮފް ސައިންސް އިން ނާސިންގް ހާސިލްކޮށްފައިވުމާއެކު ދެއަހަރު ދުވަހުގެ ތަޖުރިބާ އެވެ. ނުވަތަ ނާސިންގް އިން ޑިޕްލޮމާ ހާސިލްކޮށް، ދެ އަހަރު ދުވަހުގެ ތަޖުރިބާ އެވެ.

ހެލްތް މިނިސްޓްރީގެ އިއުލާން

އެ ވަޒިފާއަށް ކުރިމަތިލުމަށް ހުޅުވާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިންނެވެ.

ދެ ގައުމަކުން ނަރުހުން ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފައިވާއިރު، ރާއްޖެއިން ބޭރުން އެންމެ ގިނައިން ނަރުހުން ގެންނަ ގައުމަކީ، އިންޑިއާ އެވެ. އެހެން ނަމަވެސް މިވަގުތު އެ ގައުމުގެ ކޮވިޑް ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓުންނަށް ފަރުވާ ދިނުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ ނަރުހުން ހޯދުމަށްވެސް އެމިނިސްޓްރީން މިފަހުން އިއުލާންކޮށްފައިވެ އެވެ.

https://sun.mv/152310

comment ކޮމެންޓް