ސައުދީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ސައުދީ އެއާލައިނުން ރާއްޖެ އަށް ދަތުރު ފެށުން -- ފޮޓޯ ވީއައިއޭ

ސައުދީ އަރަބިއާގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ދަތުރު ފަށައިފި އެވެ.

ސައުދީ އެއާލައިނާއެކު މިހާރު 30 އެއާލައިނަކުން ރާއްޖެ އަށް ދަތުރު ކުރެ އެވެ.

އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި އެއާލައިންތައް ހިމެނެއެވެ.

ސައުދީ އެއާލައިނުގެ ދަތުރުތައް ހަފްތާ އަކު ހަތަރު ދުވަހު އޮންނާނެ އެވެ.

ސައުދީ އެއާލައިނުން ރާއްޖެ އަށް ދަތުރު ފެށިނަމަވެސް ރާއްޖެ އޮތީ ސައުދީން ޓްރެވަލް ގައިޑްލައިން ނެރެފައިވާ ގައުމުތަކުގެ ތެރޭގަ އެވެ. ރާއްޖެ ހިމެނޭހެން 38 ގައުމަކުން ސައުދީ އަށް ދަތުރު ކުރާއިރު ސަމާލުވުމަށާއި، ހާއްސަ ގައިޑްލައިން ތަކަކަށް އަމަލު ކުރުމަށް ވަނީ އަންގައިފަ އެވެ.

ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ބައެއް ގައުމުތަކަށް ރާއްޖެ އިން ދަތުރު ކުރާއިރު ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ. މިވަގުތު ރާއްޖެ އަށް ދަތުރު ކުރުން ރައްކާތެރި ނޫންކަމަށް ބުނެ ވެސް ގައުމުތަކުން ވަނި ކޮވިޑާ ގުޅުންހރި ޓްރެވަލް އެޑްވައިޒަރީސް ނެރެފަ އެވެ.

comment ކޮމެންޓް