ހޮލީވުޑް ޕްރޮޖެކްޓްގައި ޖެކަލީން އަކީ ފުލުހެއް؟!

ބަތަލާ ޖެކަލީން ފާނަންޑޭޒް---

ބޮލީވުޑްގެ ބަތަލާ ޖެކަލީން ފާނަންޑޭޒް ހޮލީވުޑަށް ނުކުންނަ ޕްރޮޖެކްޓް "ވުމަން"ސްޓޯރީސް"ގައި އޭނާ ކުޅޭނީ ފުލުހެއްގެ ރޯލުކަމަށް ޚަބަރުތައް ބުނެފި އެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް އޭނާ މިހާރު ނިންމާލާފައިވާ ކަމަށާއި އެ ޕްރޮޖެކްޓްގެ މަސައްކަތް އޭނާކޮށް ނިންމާލައިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

"ވުމަންސް ސްޓޯރީސް"ގެ ނަމުން ނަންދީފައިވާ މި ޕްރޮޖެކްޓަކީ ހަ އަންހެނުންގެ ދިރިއުޅުމުގެ ވާހަކަ ގެނެސްދޭ ޕްރޮޖެކްޓެކެވެ. ވުމަންސް ސްޓޯރީސްގެ އެންމެ ހާއްސަ ކަމަކީ މި ޕްރޮޖެކްޓަކީ ހުސް ވެސް އަންހެނުން އުޅޭ ޕްރޮޖެކްޓަކަށްވުމެވެ. ޑައިރެކްޝަނުން ފަށައިގެން އެކްޓުކުރުމާ ހަމައަށް ވެސް މި ފިލްމުގައި ހަރަކާތްތެރިވާނީ އަންހެނުންނެވެ.

ޖެކަލީންގެ އިތުރުން މީގައި ހަރަކާތްތެރިވާނެ ތަރިންނަކީ ކާރާ ޑެލެވިންނޭ، އީވާ ލޮންގޯރިއާ، މާގަރީޓާ ބައި، މާސިއާ ގޭ ހާޑެން އަދި ލެނޯ ވާރެލާ އެވެ. ވުމެންސް ސްޓޯރީސް ޝޫޓްކުރަން ހަމަޖެހިފައިވަނީ އިންޑިއާ، ޔުނައިޓެޑް ސްޓޭޓްސް (ޔޫއެސް) އަދި އިޓަލީގަ އެވެ.

comment ކޮމެންޓް