ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް އަވަހާރަވެއްޖެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އުމުރުން 74 އަހަރުގައި ޒާހިރު އާދަމް އަވަހާރަވީ މިރޭގެ ވަގުތެއްގައިވެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ޒާހިރު އާދަމް ވަނީ 27 ފެބްރުއަރީ 2005 އިން 27 މެއި 2009 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅުގެ މެމްބަރުކަން ކުރައްވާފަ އެވެ. އަދި 28 މެއި 2009 އިން 27 މެއި 2014 ގެ ނިޔަލަށް ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އެވެ.
ހަމައެހެންމެ އޭނާ ވަނީ 28 ފެބްރުއަރީ 2005 އިން 26 ޖޫން 2008 ގެ ނިޔަލަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ.