ކޮވިޑުގައި އިތުރު މީހަކު މަރުވެއްޖެ، މިއަދުގެ ހަތަރު ވަނަ މަރު

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގައި މިއަދު ރާއްޖެއިން ހަތަރުވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ މަރުވެފައިވަނީ މެންދުރު އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމަށް ގެނައި 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މެންދުރު 12:48 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ ރާއްޖޭގައި ކޮވިޑް19 ޖެހިގެން މަރުވި 91 ވަނަ މީހާއެވެ. އަދި މިއަދު މަރުވި ހަތަރުވަނަ މީހާއެވެ.

މިއަދު ކޮވިޑް19 ޖެހިގެން މަރުވި އަނެއް ތިން މީހުންނަކީ ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 86 އަހަރާއި 64 އަހަރުގެ ދެ ދިވެހި ފިރިހެނުންނާއި ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް11)ގައި ފަރުވާ ހޯދަމުން ދިޔަ 84 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހިގެން މިހާތަނަށް ޖުމްލަ 91 މީހަކު މަރުވެފައިވާ އިރު، ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 41،308 އެވެ.

މިވަގުތު ކޮވިޑް19 ޖެހިފައިވާ މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދަކީ 13،784 އެވެ.

comment ކޮމެންޓް