އާކްގެ ފިތުރު އީދު ޕްރޮގްރާމަށް ދިރާގުގެ އެހީ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ ފިތުރު އީދު ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިރާގުން ބުނީ އާކް އެއިޑް ޕްރޮގްރާމުން އެހީރެތިކަން ފޯރުކޮށްދޭ ޕްރޮޖެކްޓުގެ ދަށުން ކޮވިޑްގެ މިހާލަތުގައި އެންމެ ބޭނުން ޖެހފައި ތިބި 40 އާއިލާ އެއްގެ 75 ކުއްޖަކަށް ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ. ދިރާގުން ވަނީ އާކް އެއިޑްގެ ދަށުން މިދިޔަ އަަހަރުގެ ރޯދަ މަހުގެ ތެރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމަށް ވެެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އާކްގެ ޕާޓްނަރުންނާއި ޑޯނަރުންގެ އެހީތެރިކަމާ އެކު ފާއިތުވި އަހަރެއް ހައި ދުވަސް ތެރޭ އެ ޖަމްއިއްޔާ އިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި 1،800 އަށް ވުރެ ގިނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އާކް އެއިޑް ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ކާބޯތަކެތީގެ ތެރޭގައި ހަނޑޫ، ފުށް، މުގު، ކިރު އަދި މަސްދަޅާއި ބިސް އަދި ދަޅުގައި ބަންދުކުރި ތަރުކާރީ ހިމެނެ އެވެ.

ދިރާގުން ބުނީ ކޮވިޑްް ބަލިމަޑުކަމުގެ ސަބަބުން މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިރާގުން ދެމިއޮންނާނެ ކަމަށެވެ.

comment ކޮމެންޓް