ހިޔާނާތުގެ ލިސްޓު އާންމުކުރި ތާރީހީ ކޮމިޓީއަށް ރައީސް ނަޝީދުގެ ވީޑިއޯ ކޯލެއް!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމު ކުރި ކޮމިޓީގައި ވީޑިއޯ ކޯލް މެދުވެރިކޮަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާ ދައުލަތުން ގެއްލުން މައްސަލައިގައި އެންމެ ހަރު އަޑުކޮށް އެ ވަހަކަ ދެއްކެވި ބޭފުޅަކީ، ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝިދެވެ. އަދި އެ ހިޔާނާތުން މަންފާ ލިބުނު މީހުން ރައްޔިތުންނަށް އެނގެން ޖެހޭ ކަމާއި އެ ފައިސާއަށް ވީ ގޮތެއް ހޯދަން ޖެހޭ ކަން މިއީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމަނިކުފާނުގެ ސްޓޭންޑެވެ.

މަޖިލީހަށް އެ މައުލޫމާތު ހޯދައިދިިނުމަށްވެސް ރައީސް ނަޝީދު އެތައް ގޮތަކުން މަސައްކަތް ކުރެއްވި އެވެ. އަދި އެ މައުލޫމާތު ހޯދުމަށްފަހު، ރައްޔިތުންނަށް ހާމަ ކުރައްވާނެ ކަމަށް ރައީސް ނަޝިދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. މޫނަކަށް ކަދުރާއަކަށް ބެލުމެއްނެތި، އެއީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލުމާތުކަން އެމަނިކުފާނު ގަބޫލު ކުރެއްވި އެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައިވެސް ރައީސް ނަޝިދު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ވާހަކަ ދެއްކުން ހުއްޓާނުލައްވާނެ ކަމަށެވެ. ކިތަންމެ ބަޔަކު ރުޅި އައި ނަމަވެސް އެ ވާހަކަ ދައްކަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވައްކަމާ ދެކޮޅަށް އަޅުގަނޑަށް އެއްވެސް ކަމެއް ފޮރުވައި ދެވޭކަށް ނެތް،" މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނަށް ހަމަލާ ދިނުމުގެ ކުރިން، އެދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވެފައި ވަނީ، ވައްކަމުގެ ވާހަކަ ދެއްކުން ހުއްޓާނުލާނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ނަޝީދު ފެއްޓެވި އެ މަސައްކަތުގައި މިއީ އެމަނިކުފާނަށް ކާމިޔާބު ދުވަހަކަށް ވާނެ އެވެ. އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބު ބެލުމަށް އުފެއްދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ވަނީ އެ މައުލޫމާތުތައް ރައްޔިތުންނަށް ހާމަކޮށްފަ އެވެ.

ޖޮއިންޓް ކޮމިޓީން އެ ބައްދަލުވުން ފެށި އިރުވެސް މައްސަލަ ބެއްލެވި އެ ކޮމިޓީގެ ސަބް ކޮމިޓީން ރޭ ވަނީ، އެސެޓް ރިކަވަރީ ކޮމިޓީން އެކުލަވާލި 282 ނަން ހިމެނޭ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމު ކުރުމަށް ފާސްކޮށްފަ އެވެ.

ސަބް ކޮމިޓީގެ ރިޕޯޓު މައި ކޮމިޓީއަށް ގެނެސް މިއަދު އެ ކޮމިޓީ ފެއްޓުމާއެކު، މަޖިލިސް ނައިބު ރައީސް އަދި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިވާ އަބްދުﷲއަށް ފޯން ކޯލެއްއަ އެވެ. ގަލޮޅު އުތުރުގެ ރައްޔިތުން ތަމްސީލު ކުރައްވާ އީވާއަށް އައި ފޯން ކޯލަކީ، ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ރައީސް ނަޝީދުގެ ކޯލެކެވެ. ބަލި އެދުގައި އޮންނަވާވެސް އެމަނިކުފާނު ބޭނުންވެ ވަޑައިގެންނެވީ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކޮށްލެވުމަށެވެ. އެ މީހުންގެ އެ މަސައްކަތައް ހިތްވަރު ދެއްވުމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމު ކުރި ކޮމިޓީގައި ވީޑިއޯ ކޯލް މެދުވެރިކޮަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުން: މަޖިލިސް ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާ މެމްބަރު އިވާ އަބްދުﷲ ރައީސް ނަޝިދާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ނަސީބު ކަންދިމާކުރި ގޮތުން އެވަގުތު އެ މަންޒަރުތައް އަހަރެންގެ ކެމެރާގައި ރައްކާކުރަން ފުރުސަތު ލިބުނެނެވެ. އިވާ ކޮންމެ މެމްބަރެއްގެ ކައިރިއަށް ގޮސް ފޯނުން ރައީސް ނަޝީދު ދައްކަވަމުން ދިޔަ އިރު، ކޮންމެ މެމްބަރަކުވެސް އެމަނިކުފާނަށް ގޮވައި، އަތުން ހަނާ އަޅުއްވަމުން ދިޔަ އެވެ.

މެއި 12، 2021: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމު ކުރި ކޮމިޓީގައި ވީޑިއޯ ކޯލް މެދުވެރިކޮަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުން: މަޖިލިސް ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާ މެމްބަރު އިވާ އަބްދުﷲ ރައީސް ނަޝިދާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 12، 2021: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމު ކުރި ކޮމިޓީގައި ވީޑިއޯ ކޯލް މެދުވެރިކޮަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހުރިހާ ޕާޓީއަކަށް ނިސްބަތްވާ މެންބަރުން ވެސް ހިނިތުންވުމާ އެކު ރައީސް ނަޝީދާ ވީޑިއޯ ކޯލް މެދުވެރިކޮށް ސަލާންގަލާން ކުރެއްވި އެވެ. މިއީ ރައީސް ނަޝީދަށް ދިން ހަމަލާޔަށް ފަހު މަޖިލިސް މެންބަރުންނާ އެމަނިކުފާނު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

"ކޮމިޓީ ފެށިގަޑީގައި ރައީސް ނަޝީދު ގުޅުއްވުމުން އަޅުގަނޑު ދެންނެވި ކޮމިޓީ ލައިވްކޮށް ހިނގަމުންދާ ކަމަށް. ވިދާޅުވީ، ކޮމިޓީގެ މެމްބަރުންނާ ވާހަކަ ދައްކާަލަން ބޭނުންވާކަމަށް. އެއްސެވި ރިޕޯޓުގެ ވިދާޅުވީ، ލިސްޓު އާންމު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީތޯއޭ. އަޅުގަނޑު ދެނެންވިން އާއެކޭ،" ރައީސް ނަޝިދު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަތައް ހާމަކުރައްވާ އިވާ އެ ބައްދަލުވުމަށްފަހު، "ސަން"އަށް ވިދާޅުވި އެވެ.

މެއި 12، 2021: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމު ކުރި ކޮމިޓީގައި ވީޑިއޯ ކޯލް މެދުވެރިކޮަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުން: --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެމްބަރުންނާ ވާހަކަ ދެއްކެވުމަށްފަހު ކޮމިޓީ ބޭރުގައި ހުންނަވާވެސް އިވާ ވަނީ ރައީސް ނަޝީދާ ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އެގޮތުން އެއެމްޕީއާރުސީގެ މައްސަލަ އަވަހަށް ކުރިއަށް ގެންދިޔުމަށާއި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަންކަން އެމަނިކުފާނު އޮޅުންފިލުއްވި ކަމަށް އިވާ ވިދާޅުވި އެވެ.

"ހޮސްޕިޓަލުން ދިމާވި ފުރަތަމަ ދުވަހުވެސް ކޮން މަސައްކަތަކަށްތޯ އިސްކަަންދެއްވަނީ އެއްސެވެމުން ރައީސް ނަޝީދު ވިދާޅުވި ހުރިހާ ކަމަކަަށޭ. ރައީސް ނަޝީދަށް ޔަގީންކަން އެބަ އޮތް މަޖިލީހުގެ މަސައްކަތް އަޅުގަނޑު ފުރިހަމަށްއަށް ގެންދަވާނެ ކަމަަށް،" އިވާ ވިދާޅުވި އެވެ.

މެއި 12، 2021: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމު ކުރި ކޮމިޓީގައި ވީޑިއޯ ކޯލް މެދުވެރިކޮަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުން: މަޖިލިސް ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާ މެމްބަރު އިވާ އަބްދުﷲ ރައީސް ނަޝިދާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިއަދު ކޮމީޓީގައިވެސް ގިނަ މެމްބަރުން ވަނީ އެ މައުލޫމާތުތައް ހާމަ ކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވިކަން ވަރަށް ބޮޑަށް ފާހަގަ ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ތަހުގީގީ އިދާރާތަކުން ހިޔާނާތުގެެ މައްސަލަ ބަލާ ނިމޭއިރު، ބައެއް މެމްބަރުންގެ ގޮނޑި ގެއްލުންވެސް އެކަށީގެންވެ އެވެ.

"މިތަނުގައި ކިތަންމެ ބޮޑު މެމްބަރެއްވިޔަސް، މިތަނުގައި ކިތަންމެ ބޮޑު އަމީރަކަށްވިޔަސް، އަޅުގަނޑު މި މަގާމުގައި އިންނަ ކަމުގައިވާ ނަމަ، އެކަމުގެ އަޑި އަޅުގަނޑު ހޯދާނަން،" މިދިޔަ މަހު 26 ވަނަ ދުވަހު ބޭއްވި މަޖިލީގުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

މިއަދު މަޖިލިހުން އާންމު ކުރި ލިސްޓުގައި ހިޔާނާތުގެ ފައިސާ ލިބުނު 282 މީހުންގެ ނަން ހިމެނެ އެވެ. އޭގެ ތެރެއިން 119 މީހުންނަކީ މި ސަރުކާރާއި ކުރީ ސަރުކާރުގައި މަގާމުތަކުގައި ތިބި މީހުންނެވެ. އަދި އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުން ހިމެނޭއިރު، މިސަރުކާރުގެ މިނިސްޓަރުންނާއި ކުރީ ސަރުކާރުގެ މިނިސްޓަރުންވެސް ހިމެނެ އެވެ.

comment ކޮމެންޓް