ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެެ ކަމަށް ލަފާކޮށް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ހއ. އިން ތ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފަ އެވެ.
އެ ސަރަހައްދު ތަކުގެ އަތޮޅުތަކަށް ގަދަ ވަޔާއެކު ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ގަޑިއަކު 25 މޭލާ 30 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވާއިރު މިހާރު ރާއްޖެ އަށް ކުރަނީ ހުޅަނގުމޫސުން ފެށެން އުޅޭތީ ކުރާ ވިއްސާރައެއް ކަމަށް މެޓުން ވަނީ ބުނެފަ އެވެ.
މެޓުންވަނީ ހުރިހާ ފަރާތްތަކުންވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.