29 ރަށެއް ކޮވިޑް ފެނިގެން ބަންދުކޮށްފައި

ފުނަދޫ ބަނދަރު ސަރަހައްދު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮވިޑް19 ފެތުރެމުންދާ 29 ރަށެއް މިވަގުތު މޮނީޓަރިން ގައި އެބައޮތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ހިއްްސާކުރި މައުލޫމާތަށް ބަލާއިރު އިއްޔެގެ ނިޔަލަށް ނ. ވެލިދޫ އާއި ށ. ފުނަދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. ވެލިދޫ މޮނީޓަަރިން އަށް ލާފައި ވަނީ އެރަށުގަި ތިބި 16 ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. ފުނަދޫ އަށް ދިޔަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށްވެސް އިއްޔެ ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.

މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަރަތަކަށް ކާފިއު ހިންގަން ފަށާފައިވާއިރު މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުންނައި ރާއްޖެެއިން ބޭރުން އަންނަ ފަތުރުވެރިން ފިޔަވައި އެހެން ފަރާތްތައް ކަރަންޓީނުވާންޖެހޭ މުއްދަތު ވަނީ 10 ދުވަހުން 14 ދުވަހަށް އިތުރު ކޮށްފައެވެ.

މީގެ އިތުރުން ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިންކޮށްް ކުރިއަށް ގެންދަން ނިންމައި، ޖިމްތަކާއި ސެލޫން ތަކާއި ކަސްރަތު ކުލާސްތައް ބަންދުކުރަން ވަނީ އަންގައިފައެވެ. ސަރުކާރައި އަމިއްލަ އޮފީސްތަކުންވެސް މުވައްޒަފުން އޮފީހަށް ނެރުމުގެ ބަދަލުގައި ގެއިން މަސައްކަތް ކުރަން ވަނީ އަންގައިފައެވެ.

މާލޭގެ އިތުރުން ކޮވިޑް ބާރަށް ފެތުރެމުންދާ ރަށްރަށުގައިވެސް ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ޅ. ނައިފަރާއި ބ. އޭދަފުށި، ކ. މާފުށި އަދި އއ. ރަސްދޫ އާއި އެ އަތޮޅު މަތިވެރީގެ އިތުރުން ފުމވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައި ފިޔަވަޅުތައް ހަރުކަށިކޮށް ކާފިއު ހިންގަން ވަނީ ފަށައިފަ އެވެ.

ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ހުންނަނީ 700 އިން މަތީގައެވެ. އިއްޔެ ވެސް 766 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރުމި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ 8،261 އަށް އަރައިފައެވެ. ބަލި ޖެހުނު މީހުންގެ ޖުމްލަ އަކީ 34،134 އެވެ. ބަލީގައި 83 މީހުން މަރުވި އިރު މި ފާއިތުުވި ދެ ދުވަހަކީ ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވި ދެ ދުވަހެވެ.

comment ކޮމެންޓް