ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ މިރޭގެ ވަގުތެއްގަ އެވެ.
މިއީ މިދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ހަތަރު ވަނަ މީހާ އެވެ. އެއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 78 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.
ރޭ ދަންވަރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުންް 77 އަހަރުގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ. ޅ. ނައިފަރުންވެސް މިއަދު ވަނީ އުމުރުން 88 އަހަރުގެ މީހަކު މަރުވެފައި އެވެ. އޭގެ އިތުރުން ރަސްދޫގައި ކަރަންޓީޏުވެގެން ހުރި އިންޑިއާ މީހަކުވެސް ވަނި މަރުވެފަ އެވެ.
މިހާރު ކޮވިޑް ކޭސްތައް އިންތިހާއަށް ގިނަަވަމުންދާއިރު، އިއްޔެ އެކަނިވެސް ރާއްޖެއިން 734 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 500އަށްވުރެ ގިނަ މީހުން ޕޮޒިިޓިވްވެފައި ވަނީ މާލެއިންނެވެ.
ކޮވިޑް ކޭސްތައް ގިނަވަމުންދާތީވެ، އެޗްޕީއޭއިން ވަނީ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން މިރެއިން ފެށީގެން، ރޭގަނޑު 9:00އިން ފަތިހު 4:00އަށް ކާފިއު ވަނީ އިއުލާންކޮށްފަ އެވެ. އަދި ޒަރޫޒީ ބޭނުމެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް އޮތީ މަނާކޮށްފަ އެވެ.