ޅ. ކަނުހުރާގައި ހިންގާ ކަނުހުރާ ރިސޯޓު ވިއްކާލައި ވިޔަފާރީގެ އެ މުއާމަލާތް ނިންމާލައިފި އެވެ.
ނީ މޮރިޝަސްގެ ސަން ލިމިޓެޑް ކުންފުނިން ހިންގި ކަނުހުރާ ރިސޯޓު ވިއްކާލުމުގެ ކަންތަކުގައި މަސައްކަތްކޮށް މެދުވެރިއަކަށް ވެފައިވަނީ އިންވެސްޓްމެންޓު މެނޭޖުމެންޓު ފާމް ޖޭއެލްއެލް އެވެ.
ކަނުހުރާ ވިއްކާލާފައި ވަނީ ލެޝާ އޯޝަންސް ކިޔާ ކުންފުންޏަކަށެވެ.
ކަނުހުރާގެ ނުއުފުލޭ މުދަލުގެ އަގު 2.4 ބިލިއަން ދިވެހި ރުފިޔާ އަށް އަރާނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ފަސް ތަރީގެ ކަނުހުރާ ރިސޯޓުގައި އެކި ފެންވަރުގެ 80 ވިލާ ހުރެެއެވެ.
މަސްލެއްގިހުރާ އަދި ޖެހުނުހުރާ ގުޅުވާލާ ކަނުހުރާ އަޕްގްރޭޑުކޮށް ހުޅުވީ 2017 ވަނަ އަހަރު އެވެ. މީގެ ކުރިން ވަން އެންޑް އޮންލީ ބްރޭންޑުގެ ދަށުން ވެސް އެ ރަށް ހިނގި އެވެ.
ލީސް އެގްރިމެންޓުގެ ދަށުން ކަނުހުރާ ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމަށް ޓޫރިޒަމްގައި އެދިފައިވާތީ ކަނުހުރާ އާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ އެކަން އެންގުމަށް ޓޫރިޒަމް މިނިސްޓްރީ އިން އިއުލާނުކުރީ މާޗު މަހުގެ 28 ވަނަ ދުވަހު އެވެ.