މަޑިހާ ސަން ބަދިގެ: ބީފް ކޮފްތާ

ބޭނުންވާނެ ތަކެތި

  • 300 ގްރާމް ބީފް
  • ފިޔާފަޅިއެއް ކުދިކޮށް ކޮށާފައި
  • 2 ލޮނުމިދު ކުދިކޮށް ކޮށާފައި
  • މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ މުގުރި މިރުސް
  • ރަހަލާވަރަށް ލޮނު
  • މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ ރޯސްމެރީ
  • 1 ސަމުސާ ދިރި ޕައުޑާ
  • 1 ސަމުސާ އޮރެގާނޯ
  • މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ މުގުރި ފޮނި ތޮށި
  • މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ މުގުރި މިރުސް
  • މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ ލޮނުމިދު ޕައުޑާ
  • 20 ގްރާމް ކޮރިއެންޑާ ކުދިކޮށް ކޮށާފައި

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ގްރިލް މެދު މިނެއްގައި ހޫނުކޮށްލާށެވެ. އެއަށްފަހު ޑިޝް ހަދަން ބޭނުންވާ ހުރިހާ ތަކެތި ތައްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ބީފް ދިގުކޮށް ތުނިކޮށް ކޮށާލާށެވެ. ހުރިހާ މަސްކޮޅުތަކެއް ހުންނަންވާނީ އެއްވަރަށެވެ. އެއްވަރަށް ކޮށާފައި ހުރި ބީފްތައް އުލަކަށް ލައްވާށެވެ. އެއަށް ފަހު ގްރިލްގައި 12 ނުވަތަ 14 މިނިޓް ވަންދެން ފިހެލާށެވެ. އޭރުން އެ ނިމުނީ އެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް