ދިރާގަށް ފައިދާގެ ގޮތުގައި 219 މިލިއަން

ދިރާގު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް ފައިދާގެ ގޮތުގައި 219 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި މިދިޔަ ކުއާޓަރުގައި ދިރާގަށް 660 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެއީ މޯބައިލް ހިދުމަތުގެ އާމްދަނީ އިން 390 މިލިއަން، ފިކްސްޑް ބްރޮޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތުން 255 މިލިއަން ރުފިޔާ ހިމެނޭ ގޮތަށެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް 263 މިލިއަން ރުފިޔާ ލިބުނު އިރު ޓެކުހަސް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 258 މިލިއަން ރުފިޔާ ލިބިފައިވެ އެވެެ.

ދިރާގުން ބުނެފައި ވަނީ 2021 ވަނަ އަހަަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ އަކީ ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެއް ކަމަށާއި މިދިޔަ ކުއާޓަރާ އަޅާބަލާއިރު މި ކުއާޓަރުގައި ލިބުނު އާމްދަނީ ހަ ޕަސެންޓު އިތުރު ކަމަށެވެ. ހާއްސަކޮށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމާ އެކު ޓޫރިސްޓުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުން ލިބުނު ފައިދާ އިތުރުވިކަން ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް