ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީ އަށް 62 މިލިއަން ރުފިޔާގެ ފައިދާއެއް

އެމްޓީސީސީ ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީ އިން އާންމުކޮށްފައިވާ މި އަހަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 423 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެކުންފުންޏަށް އޮޕަރޭޓިން ޕްރޮފިޓް ނުވަތަ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 82 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ އަށް 72.55 މިލިއަން ރުފިޔާ މިދިޔަ ކުއާޓަރުގައި އެމްޓީސީސީ އަށް ވަނީ ލިބިފަ އެވެ.

ފުރަތަމަ ކުއާޓާރުގައި އުމްރާނީ ތަރައްގީގެ 77 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީ އިން ވަނީ ކުރިއިަށް ގެންގޮސްފަ އެވެ. ފަސް މަޝްރޫއެއްގެ މަސައްކަތް ނިންމާ 15 ޕްރޮޖެކްޓެއްގެ މަސައްކަތް އަލަށް ފަށާފައިވެ އެވެ.

comment ކޮމެންޓް