ރާއްޖެއިން އިތުރު 318 މީހަކު ކޮވިޑް 29 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 142 މީހަކާއި އަތޮޅުތެރޭ ރަށްތަކުން ޕޮޒިޓިވްވި 130 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 33 މީހަކާއި ލިވަބޯޑުތަކުން ޕޮޮޒިޓިވްވި އަށް މީހެއް އަދި ތަރައްގީ ކުރަމުންދާ ރިސޯޓަަކުން ޕޮޒިޓިވްވި މީހެއްގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްތަކުން ޕޮޒިޓިވްވި ހަތަރު މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިތވްވި މީހުންގެ ޖުމްލަ ވަނީ 29،370 އަށް އަރައިފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ 4،585 އަށް އަރާފައިވާއިރު134 މީހަކު ތިބީ ހޮސްޕިޓަލުގަ އެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން 73 މީހަކު މަރުވެފައިވާއިރު ބަލިން ފަސޭހަވި ޖުމްލަ އަކީ 24،703 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 128 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.