ދެ ސައިކަލު ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިފި

މިރޭ އެމްއެމްއޭ ކައިރީގައި ހިނގި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައި --

މިރޭ މާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވުމުން، އެތަނުން އެއް ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް އެކްސިޑެންޓު ހިނގި ތަނުން ފިލައިފި އެވެ.

ފުލުހުން ބުނީ، މިރޭ 9:15 އެހާކަންހާއިރު، މާލޭ އެމްއެމްއޭ ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި އިން މީހާ މަޑުނުކޮށް، އެ ސަރަހައްދުން ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވި ކަމަށާއި އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް