ލަވޭރާ ޕިއްޒާރިއާ އިން ޕިއްޒާ ހީރޯގެ ދެވަނަ ބުރު ފަށައިފި

ލަވޭރާ ޕިިއްޒާރިއާ އިން މިދިޔަ އަހަރު ފެށި ޕިއްޒާ ހީރޯ ގޭމްގެ ދެވަނަ ބައި ފަށައިފި އެވެ.

މިއަހަރުގެ ރޯދަ މަހު ފެށި އާ ބަޔަށް ކިޔަނީ "ޕިއްޒާ ހީރޯ: ޕްލެނެޓް ޗީޒް" އެވެ.

މިއަހަރުވެސް ގޭމް ކުޅެގެން ހިލޭ ޕިއްޒާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. ޕިއްޒާ ހީރޯ ގޭމް އެނބުރި އައީ ކުރީ އަހަރު ލިބުނު ތަރުހީބުގެ ބޮޑުކަމުންނެވެ.

ލަވޭރާ އިން ބުނީ މިދިޔަ އަހަރު ކުރިއަށްގެންދިޔަ ގޭމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން އެ ގޭމް ޖުމްލަ 1،354 ގަދިއިރު ކުޅުނު އިރު ޔުނީކް ޕްލޭޔަރުންގެ އަދަދު 24،881 އަށް އަރާ ކަމަށެވެ.

ލަވޭރާގެ ޕިއްޒާއެއް -- ފޮޓޯ: ލަވޭރާ

ލަވޭރާގެ ވެބްސައިޓު https://www.laverapizzeria.net/ އަށް ވަންނައިރު ގޭމް ފެންނަން އިންނާނެ އެވެ. "ސްޓާޓް" އަށް ފިތާލުމަށްފަހު އެ ދުވަހުގެ ހައިސްކޯ ހޯދާ މީހާއަށް ވާން މަސައްކަތް ފަށަންވީ އެވެ.

މި ގޭމްގައި ފެންނަނީ ހަރުފަތްތަކެކެވެ. މަތީ ހަރުފަތްތަކަށް ފުންމައި، ޗީޒް ކަލެކްޓް ކުރުމުން ސްކޯ އިތުރު ކުރެވޭނެ އެވެ. ކޮންމެ ދުވަހަކުވެސް އެންމެ މަތިން ސްކޯ ހޯދާ ފަރާތަކަށް ޖެހިގެން އަންނަ ދުވަހު ހިލޭ ޕިއްޒާއެއް ލިބޭނެ އެވެ.

ލަވޭރާއިން ބުނީ ރޯދަމަހުގެ އިތުރުން، އީދު ދުވަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހުގެ ނިޔަލަށް ގޭމް ކުޅެގެން ހިލޭ ޕިއްޒާ ލިބޭ ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ.

comment ކޮމެންޓް