އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ރަށް ބަންދުކޮށްފި

ބ. އޭދަފުށި-- އީޓީ ފޮޓޯ/ފާރިހް

ބ. އޭދަފުށީ ފްލޫ ކްލިިކަށް ދެއްކި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، ރަށް މޮނިޓަރިން އަށް ލައިފި އެވެ.

އެމީހާ ފްލޫ ކްލިނިކަށް ދެއްކީ ބަލީގެ އަލާމާތްތައް ހުރެގެންނެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިއަދު ހަވީރު އެވެ. އެއާއެކު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދަން، އޭދަފުށި ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.

މީގެކުރިން އޭދަފުށިން މުޅިން ވެސް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

ރަށުން ޕޮޒިޓިވް ކޭސް އެއް ފެނުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން މާދަމާއިން ފެށިގެން އެ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ނުވަޔަކުން ފެށިގެން ދަށުގެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ނުގެންދަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް