ރޯދަމަހުގެ ފުރަތަމަ ހަފްތާ ތެރޭ 727 ކޮންޓެއިނަރުގެ ޕެރިޝެބަލް މުދާ ކްލިއާ ކޮށްފި

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހުގެ ފުރަތަމަ ހަފްތާ ތެރޭ އެމްޕީއެލް އިން ޕެރިޝެބަލް ކާގޯގެ 727 ކޮންޓެއިނަރު ކްލިއާ ކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ މިއީ މިމަހުގެ 13 ވަނަ ދުވަހުން 17 ވަނަ ދުވަހާއި ހަމައަށް އެތެރެކުރި މުދަލުގެ ތެރެއިން ކްލިއާ ކުރެވުނު ޕެރިޝެބަލް މުދަލުގެ އަދަދު ކަމަށެވެ.

ކްލިއާ ކުރި މުދަލުގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ އިތުރުން ބިސް ހިމެނެއެވެ.

އެމްޕީއެލް އިން ވަނީ ރޯދަމަހު މުދާ ކްލިއާ ކުރުން އަވަސް ކުރުމަށް ދުރާލާ ތައްޔާރު ވެފައެވެ.

އެގޮތުން މަސައްކަތުގެ ސްޕީޑު އަވަސްކުރުމަށްޓަކައި ބަނދަރުގައި ޕެރިޝަބަލް މުދާ ބާލާ ސަރަހައްދުގެ ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކޮށް، ހުކުރު ދުވަސްފަދަ ބަންދު ދުވަސްތަކުގައި ޕެރިޝަބަލް މުދާ ހިފައިގެން އަންނަ ބޯޓުތަކުން މުދާ ކްލިއާ ކުރަން އިތުރު ވަގުތުތަކުގައި މުވައްޒަފުން ނެރޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް