ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ހޯދަމުން އަންނަނީ ތ. ތިމަރަފުށި/އަސަރީގެ، ހަސަން ނިޒާރު (59އ) ކަމަށެވެ.

އޭނާއަށް ތުހުމަތު ކުރެވެނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މައްސަލައިގެ ތަހުގީގަށް އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވާން އޭނާއަށް ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް