ނައިފަރާއި ހުރާގެ މޮނީޓަރިން ހާލަތު ފަސް ދުވަހަށް އިތުރުކޮށްފި

ޅ. ނައިފަރު-- ސަން ފޮޓޯ

ކ. ހުރާއާއި ޅ. ނައިފަރުގެ މޮނީޓަރިން ހާލަތު ފަސް ދުވަހަށް އިތުރުކޮށްފި އެވެ.

ކޮވިޑް19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ނައިފަރާއި ހުރާގެ މޮނީޓަރިން ހާލަތު އެންމެ ފަހުން އިތުރުކޮށްފައިވަނީ މާޗު 31 ވަނަ ދުވަހުގަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރެއްވާ މިއަދު އެޗްޕީއޭއިން ނެރުނު އެންގުމުގައި ބުނެފައިވަނީ، އެ ދެ ރަށުގެ މޮނީޓަރިން ހާލަތު ފަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުރާ މޮނީޓަރިންއަށް ގެންދިޔައީ އެރަށުން ބަލިވެގެން މާލެއަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކު ވައިރަހަށް ޕޮޒިޓިވްވެގެންނެވެ.

ނައިފަރުން ވެސް ކޮވިޑް ކޭސްއެއް ފެނުނީ ހަމަ މިދިޔަ މަހުގެ 23 ވަނަ ދުވަހުގަ އެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ ރަށުން އެ އަތޮޅު އުނގޫފާރަށް ދަތުރުކުރި މީހެކެވެ.

comment ކޮމެންޓް