މިއަދު ޕޮޒިޓިވްވީ 138 މީހުން، ގިނައީ މާލެ ސަރަހައްދުން

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 138 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 84 މީހުންނާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 44 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަ މީހުންނާއި، އިންޑަސްޓްރިއަލް ރަށްރަށުން ހަތަރު މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 25،191 އަށް އަރައިފަ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައި ތިބީ 3،101 މީހުންނެވެ. އޭގެ ތެރެއިން 88 މީހަކަށް ފަަރުވާދެމުން ދަނީ ހޮސްޕިޓަލުގަ އެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 22،014 އަށް އަރާފައިވާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި 116 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ 67 މީހުންނެވެ.

comment ކޮމެންޓް