އަލިފުށި މޮނީޓަރިން ހާލަތުން ނަގައިފި

ރ. އަލިފުށި

ރ. އަލިފުށީގައި އިއުލާންކޮށްފައި އޮތް މޮނީޓަރިން ހާލަތު އުވާލައިފި އެވެ.

ދެ އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، ރ. އަލިފުށި މޮނިޓަރިން ހާލަތަށް ގެނައީ މިދިޔަ މަހު 27ވަނަ ދުވަހުގަ އެވެ.

އެއީ މާޗު 14ވަނަ ދުވަހު އެ އަތޮޅު އުނގޫފާރަށް ދިޔަ ކުއްޖެކެވެ.

ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަލިފުށި މިއަދު ހުޅުވާލާފައިވާއިރު، މި މަހުގެ ތިންވަނަ ދުވަހު އުނގޫފާރު ވެސް ވަނީ ހުޅުވާލާފަ އެވެ.

ނގޫފާރުން ކޮވިޑް19ގެ ކޭސްއެއް ފެނި، އެރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ މާޗު 19 ވަނަ ދުވަހު އެވެ. އެރަށަށް އަރައިފޭބުން މަނާކުރީ ބަލީގެ އަލާމާތްތަކާއެކު ޑޮކްޓަރަށް ދެއްކި މީހަކު ޕޮޒިޓިވްވެގެންނެވެ.

comment ކޮމެންޓް