ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށަނީ

ހެނދބަދޫ --- ފޮޓޯ: އެމްޓީސީސީ

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

ސައިޓް މޮބިލައިޒް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަމާން މުހަައްމަދު ފަހީމާއި، ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިންނާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ބައިވެރިވެވަޑައިގެންނެވިއެވެ.

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 25 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 235 މީޓަރުގެ ރިވެޓްމެންޓް
ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

ފަސް މިލިއަން ރުފިޔާގެ އެ މަޝްރޫއު ނިންމުމަށްހަމަޖެހިފައިވަނީ 100 ދުވަހުގެ ތެރޭގައެވެ.

comment ކޮމެންޓް