ސްކޫލް ބަސް ދަތުރުގެ ވައުދާއެކު އެމްޑީޕީ މާލެ ސިޓި މެނިފެސްްޓޯ ނެރެފި

"ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސްކޫލް ދަރިވަރުންނަށް ބަހުގެ ހިދުމަތް ތައާރަފު ކުރުމުގެ ވައުދާއެކު ކައުންސިލް އިންތިހާބުގައި އެމްޑިޕީގެ މާލެ ސިޓީ މެނިފެސްޓޯ އާންމުކޮށްފި އެވެ.

އެމްޑީޕީ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ވެބްސައިޓުގައި މައިގަނޑު ފަސް ވައުދެއް ހިމެނެ އެވެ.

އަންމު ބަސް ދަތުރު

އެ މެނިފެސްޓޯގައި ކާރޫ ބާރޫ ބޮޑު މާލޭގެ އުޅަނދުތަކުގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ބައެއް ކަންކަން ވަނީ ހިމަނާފަ އެވެ. އެގޮތުން ސްކޫލް ބަހާއެކު، އާންމު ބަސް ދަތުރުފަތުރުގެ ހިދުމަތް ތައާރަފު ކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ. އަދި ޓެކްސީ ހުއްޓުމަށާއި މުދާ އަރުވައި ބޭލުމަށް ހާއްސަ ވަގުތާއި ސަރަހައްދުތައް ކަނޑައެޅޭނެ ކަމަށް މެނިފެސްޓޯގައި ބުނެ އެވެ.

އޭގެ އިތުރުން ތިމާވެއްޓާ ރަށްޓެހި ބެޓްރީ އުޅަނދު އަދި ބައިސްކަލް ދުއްވުމަށް ހިތްވަރުދީ، އެކަމަށް މަގުފަހި ކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެ އެވެ. އަދި މަލޭގެ މަގުތަކަށް އުޅަނދުފަހަރު ތަކާނެ މިންވަރު (ވެހިކަލް ކެރީން ކެޕޭސިޓީ) ކަނޑައެޅި، ތަންފީޒު ކުރެވޭނެ ކަމަށްވެސް އެމްޑީޕީގެ އެއް ސަފްހާގެ މެނިފެސްޓޯގައި ބުނެ އެވެ.

އެމްޑިޕީން މިފަހަރު އާންމު ބަސްދަތުރު މެނިފެސްޓޯގައި ހިމެނި އިރު، އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައިވެސް މާލޭގައި އާންމު ބަސް ދަތުރުތައް ތައާރަފު ކުރި އެވެެ. ނަމަވެސް ފަހުން އެ ދަތުރުތައް ކުރިއަށް ނުގެންދެވި ހުއްޓުނެވެ.

ބޯހިޔާވަހިކަން

މެނިފެސްޓޯގައި ބޮޑު ވައުދަކަށް އޮތީ ބޯހިޔާވަހިކަމުގެ ވައުދެކެވެ. އެގޮތުން ދިގު މުއްދަތައް ދައްކައި ހަލާސްކޮށްގެންވެސް ފްލެޓް ގަތުމުގެ މާލީ ގާބިލުކަން ނެތް މީހުންނަށް ހާއްސަކޮށްގެން ކައުސިލް ހައުސިން ތައާރަފް ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އެއީ އެންމެ ދަށް ފަންތީގެ އާންމު ދަނީ ލިބޭ މީހުންނެވެ. އެމީހުންނަށް މަހު ބޯހިޔާވަހިކަމަށް މަހަކު 6،400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކުއްޔެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ވައުދުވެއެވެ.

ކައުންސިލް ހައުސިންގެ އިތުރުން، 32،000 ރުފިޔާގެެ އާންދަނީއެއް 4،000 އާއިލާއަށް ދެވޭނެ ކަމަށް މެނިފެސްޓީގައި ބުނެއެވެ. އަދި 32،000 އާއި 64،000 ރުފިޔާއާ ދެމެދު އާންމުދަނީއެއް ލިބޭ 5،600 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭޏެ ކަމަށް މެނިފެސްޓޯގައި ބުނެ އެވެ. އެގޮތުން ޖުމްލަ 10،000 ބޯހިޔާވަހިކަމުގެ ޔުނިޓު މާލޭ ސަރަހައްދުގައި ގާއިމްކުރެވޭނެ އެވެ.

އިޖުތިމާއީ ބޯހިޔާވަހިކަން ދޫކުރާނެ ހަމަތަކާއި ޝަރުުތުތައް ކަނޑައަޅައި، ކިއުގައި ނުޖެހި ސީޓީ ކައުންސިލް ބަލަހައްޓާ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ކަމަށް މެނިފެސްޓޯގައި ބުނެ އެވެ.

ވަޒީފާ ވިއުގަކުރުން

ވަޒީފާ ބޭނުންވާ ޒުވާނުންގެ ބޭނުމަށް ކޮންމެ ދާއިރާއެއްގައި ޖޮބް ސެންޓަރުތައް ގައިމްކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އެ ޖޮބް ސެންޓަރުގައި މަގްސަދަކީ ވަޒީފާއާއި ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާއަށް އެދޭ މީހުންގެ ބމައުލޫމާތުތައް އެއްކޮށް ބަލަހައްޓައި، ހުސް ވަޒީފާއި ވަޒީފާ ނެތް މީހުން ގުޅުވައި ދިނުމެވެ. ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންދޭ އިނާޔަތް ފޯރުކޮށްދެވޭނެ ކަމަށް މެނިފެސްޓޯގައި ބުނެއެވެ.

މިލިއުޅެވޭ ދިރިއުޅުން

ގާތްތިމާގެކަމާއި އެކުއުޅުމުގެ ގުޅުންތަކަށް ފަހި ދިރޭ މުޖްތަމައުއެއް ބިނާކުރުމުގެ މައްޗަށް ރޭވުންތައް ރޭވޭނެ ކަމަށް މެނިފެސްޓޯގައި ބުނެ އެވެ. އެގޮތުން އެކަކު އަނެކަކަށް އަޅާލައި، އެކި މިޒާޖުގެ އެކި އުމުރުފުރައިގެ ދެ ޖިންސުންގެ އެންމެން ހިތްފަސޭހަ ކަމާއެކު އެކުގައި އުޅެވޭނެ އުފާވެރި ވެއްޓެއް ގައިމް ކުރުވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި އެންމެންނަށް ހެލިފެލިވެ، ހީނސަމާސާކޮށް އުޅެވޭނެ އުފާވެރި މައިޒާންތައްވެސް ބިނާ ކުރެވޭނެ ކަމަށް މެނިފެސްޓޯގައި ބުނެ އެވެ.

އޭގެ އިތުރުން މިއުޒިކާއި މުނިފޫހިފިލުވުމާއި ހުނަރުން ކުރިއަރައިދާ އުފެއްދުންތެރި ޒުވާން ޖީލަކަށް ބޭނުންވާ ފަންނުވެރިކަމުގެ އާލާތާއި ވަސީލަތް ގައިމުކުރުމަށްވެސް މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.

އިޖުތިމާއީ ހިދުމަތާއި އަދަބު ލުއިކުރުން

އެމްޑީޕީން މިފަހަރު ހުށަހަޅަނީ ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުން ތައާރަފުކުރެވޭ އިޖުތިމާއީ ހިދުމަތުން އަދަބު ލުއިކޮށްދޭނޭ އާ ފުރުސަތެއް ފަހިކޮށްދިނުމުގެ ނިޒާމެކެވެ. އަދި އެއީ ޕެރޯލް ހަލުވިކޮށް، ޕްރޮބޭޝަން ބެލެހެއްޓުންތެރިކަމުގެ ނިޒާމެއް ކަމަށް މެނިފެސްޓޯގައި ބުނެ އެވެ.

comment ކޮމެންޓް