ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މިއަދު ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ---

ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު މާލެއިން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ، ޕޮލިސް ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު ހަވީރު މާލޭގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ތިން ބިދޭސީއަކާއި ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ.

ފެނުނީ ކިހާ އަދަދެއްގެ ބަނގުރާ ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް