ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އޮތް ރަމަޟާން މަހު ހާއްސަކޮށްގެނމް ކުރިއަށް އޮތް ރޯދަ މަހު ގުރުއާން މުބާރާތެއް ބާއްވަން ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓާ (އެމްއީސީސީ) ނިންމައިފި އެވެ.
ސޯސަންވިލާގައި ދިވެހި ސަރުކާރުން ހިންގަމުން އަންނަ އެމްއީސީސީގެ ގުރުއާން މުބާރާތް ކުރިޔަށް ފެށުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ފަސް ވަނަ ދުވަހުއެވެ.
ހަތަރު ދުވަހަށް ދިގު ދެމިގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީަކީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ސޯސަންވިލާގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންގެ އިތުރުން ލަންކާގައި ދިރިއުޅޭ އާންމުންނަށްވެސް ބައިވެރި ވެވޭގޮތަށް އޮތް މިމުބާރާތް ކުރިޔަށް ދާނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮފިވެސް ހިމެނޭ ގޮތަށެވެ. މިއިން ކޮންމެ ގޮތްޕެއްގައި 6 އުމުރުފުރާއަކުން ބައިވެރި ވެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މުބާރާތުގައި ހިމެނޭ އުމުރުފުރާ ތަކަކީ ހަ އަހަރުން ދަށާއި، ނުވަ އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 15 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށާއި 21 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރު ފުރާއަކުން ދެގޮފީގައިވެސް އެކަކަށް ބައިވެރި ވެވިދާނެއެވެ.
މުބާރާތުގެ ދެގޮފީގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމުގެ އިތުރުން ދެ ގޮފީގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮންމެ ގޮތްޕަކުންވެސް ގަދަ 5 ހޮވާ ގޮތަށްވެސް ސޯސަންވިލާއިން ވަނީ ހަމަޖައްސާފައެވެ. އަދި ދެގޮފި ވަކިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަވެސް ހޮވޭނެއެވެ.
ސޯސަންވިލާއަކީ ލަންކާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނަށް ގުރުއާން މާއްދާވެސް ކިޔަވައިދޭ ސެންޓަރެކެވެ. އޭގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް އަމާޒުކޮށް، ރާއްޖޭގައި ހުންނަ ކީރިތި ގުރުއާނާބެހޭ މަރުކަޒާއި ގުޅިގެން ހުރުއާން ކޯސްތަކާއި އެނޫންވެސް ބައެއް ޕްރޮގްރާމްތައް އެ ސެންޓަރުން މީގެކުރިންވެސް ވަނީ ހިންގާފައެވެ.