ގޯލްޑަން ގޭޓްގެ އަގުހެޔޮ އިތުރު ފިހާރައެއް މާލޭގައި ހުޅުވައިފި

މާޗު 31، 2021: ގޯލްޑަން ގޭޓް ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާޒާރުގައި އެންމެ އަގުހެޔޮކޮށް މުދާ ވިއްކާ އެއް ފިހާރަ، ގޯލްޑަން ގޭޓްގެ އިތުރު ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

އަލަށް ހުޅުވި ފިހާރައިން ގޯލްޑަން ގޭޓްގެ ޗާންދަނީމަގުގައި ހުންނަ ފިހާރައެކޭ ވެސް އެއްފަދައިން ގިނަ ބާވަތްތަކުގެ މުދާ ވިއްކަން ހުރެ އެވެ.

މާޗް 31، 2021: ގޯލްޑަން ގޭޓް ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން މިހާރު އެތަނުން ވިއްކާ ތަކެތީގެ ތެރޭގައި ގޭތެރޭގައި ހިފައިގެންގުޅޭ ސާމާނާއި ބެޑްޝީޓާއި ފަރުނީޗަރު އަދި ބަދިގޭގެ ސާމާނުގެ ގިނަ ބާވަތްތަކުގެ މުދާ ހިމެނެ އެވެ.

ގޯލްޑަން ގޭޓުން ބުނީ ރޯދަ މަހަށް ބޭނުންވާ، ކާބޯތަކެތީގެ ސާމާނުު ފިޔަވައި ހުރިހާ ސާމާނެއް އެ ތަނުން ލިބޭނެ ކަމަށެވެ.

ގޯލްޑަން ގޭޓުން ވިއްކާ ބަދިގެ ސާމާނުގެ ތެރޭގައި؛

  • އެއާ ފްރަޔާ
  • ބެލްންޑަރު
  • ޗޮޕާ
  • ރައިސް ކުކާ
  • ޓޯސްޓަރު
  • ފެން ހޫނުކުރާ ޖަގު
  • ހޭންޑް މިކްސަރު ހިމެނެ އެވެ.

ގޯލްޑަން ގޭޓްގެ ޗާނދަނީމަގު ފިހާރައިގައި ހުރި ފަރުނީޗަރު ވެސް އައު ފިހާރައަށް ވަނީ ބަދަލުކޮށްފަ އެވެ.

މާޗް 31، 2021: ގޯލްޑަން ގޭޓް ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެތަނުން ވިއްކާ ފަރުނީޗަރުގެ ތެރޭގައި އެކި ޑިޒައިންތަކުގެ ފުލް ބެޑްރޫމް ސެޓު، ސޯފާ، ޑައިނިން ޓޭބަލް ސެޓު، އަދި ކެބިނެޓުތަކާއި ކޮމްޕިއުޓާ ޑެސްކު ހިމެނެ އެވެ.

މާޗް 31، 2021: ގޯލްޑަން ގޭޓް ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޯލްޑަން ގޭޓުން ބުނީ ވަކި ދުވަސްވަރަކަށް މުދާ އަގުހެޔޮ ކުރުމުގެ ބަދަލުގައި އެތަނުން އަބަދު ވެސް މުދާ ވިއްކަނީ ބާޒާރުގައި ލިބެން ހުންނަ އެންމެ ހެޔޮ އަގުތަކުގައި ކަމަށެވެ.

މީގެ އިތުރުން ޔޫއޭއީގެ ކޮލެޓީ ރަނގަޅު ސުޕަޖެނެރަލް ބްރޭންޑުގެ ދޮންނަ މެޝިނާއި ފްރިޖު އަދި އިތުރު އުފެއްދުންތައް ވެސް ގޯލްޑަން ގޭޓުން ލިބެން އެބަހުއްޓެވެ.

މާޗް 31، 2021: ގޯލްޑަން ގޭޓް ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ރޯދަ ސޭލްއެއް ވެސް ކުރިއަށްގެންދާ އިރު، އެ ސޭލްގައި ގޯލްޑަން ގޭޓުން ވިއްކާ މުދަލުގެ އަގު އިތުރަށް ވަނީ ހެޔޮކޮށްފަ އެވެ. އެ ސޭލް ކުރިއަށް ދާނީ ރޯދަމަސް ފެށުމާ ހަމައަށެވެ.

މާޗް 31، 2021: ގޯލްޑަން ގޭޓް ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޯލްޑަން ގޭޓުން ވިއްކާ ހުރިހާ މުދަލެއް، ގޯލްޑަން ގޭޓުގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ. އަދި އެތަނުން ގަންނަ ހުރިހާ މުދަލެއް ވެސް ގޭބިސީތަކާއި ބޯޓުފަހަރަށް ޑެލިވަރީކޮށްދޭނެ އެވެ.

ގޯލްޑަން ގޭޓުގެ އައު ފިހާރަ ހުންނާނީ ގަލޮޅު ދަނޑު ކުރިމަތީގައި އޮންނަ ހަދީބީ މަގުގައި، ކުރިން ލިޓަސް ގަރާޖު ހުރި އިމާރާތުގަ އެވެ.

މާޗް 31، 2021: ގޯލްޑަން ގޭޓް ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް