ނައިފަރުގެ ހާލަތާމެދު ޝިޔާމްގެ ކަންބޮޑުވުން

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް -- ފޮޓޯ: މަޖިލިސް

ކޮވިޑް19ގެ ކޭސްތަކެއް ފެނި މޮނީޓަރިން އަށް ލާފައިވާ ޅ. ނައިފަރުގެ ހާލަތާމެދު ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޝިޔާމް މިރޭ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނައިފަރަކީ ގިނަ އާއިލާތަކެއް ތޮއްޖެހިގެން އުޅޭ ރަށަކަށް ވާއިރު، އެޗްޕީއޭގެ ގައިޑްލަައިން އަކީ އެފަދަ ރަށަކަށް އެންމެ އެކަށީގެންވާ ގައިޑްލައިންތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

ނައިފަރުން ކޮވިޑުގެ 56 ކޭސް މިހާތަނަށް ފެނިފައިވާއިރު ދެ މީހަކު ވަނީ ކޮވިޑް ފެސިލިޓީ އަށް ބަދަލު ކޮށްފަ އެވެ. އަދި ދެން ތިބި މީހުން ރަށުގައި ގޭގައި އައިސޮލޭޓު ކޮށްފައިވާއިރު ގެއަކުން ޕޮޒިޓިވް ކޭސްއެއް ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދާއިރު ސަރަހައްދުގެ ހުރިހާ ގެތަކުގެ މީހުން އައޮސެލޭޓު ކުރަން ނުވަތަ ކަރަންޓީނު ކުރަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ހުރިހާ ގެއެއް ޓޭޕްދަމާ މޮނިޓަރިންއަށް ލަމުންދަނީ. ގޭބިސީއެއްގައި 10-15 މީހުން ދިރިއުޅޭއިރު މިގޮތަށް ތޮއްޖެހިގެން އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލާ ތިބެން ޖެހުމުން ދިމާވާމައްސަލަތައް މަދެއް ނުވާނެ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު ހާލަތު ދާގޮތުން ރަށުގެ މުއައްސަސާތަކުގައި މަސައްކަތް ކުރަން ތިބި މީހުން އެކީހެން އައިސޮލޭޝަން އަށް ދާން ޖެހިދާނެ ކަމަށެވެ.

"އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މުޅިރަށް އެކީ ހުއްޓުމަކަށް އަތުވެދާނެ. މިވަގުތުވެސް އެންމެ މުޙިއްމު މުވައްސަސާތަކުގެ ގިނަ އަދަދެއްގެ ފަރާތްތަކެއް ވަނީ އައިސޮލޭޝަންގައި،" ޝިޔާމް ވިދާޅުވިއެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ޓެސްޓު ކުރެވޭނެ ވަސީލަތް ނެތުމުން އެކަމާވެސް މެންބަރު ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ސާމްޕަލްގެ ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުމަކީ މުޖުތަމައު އެކީ ނަފްސާނީ ގޮތުންވެސް ބަލިކަށި ކޮށްލާ ކަމެއްކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ ރަށުގެ ހާލަތު ދެނެގަތުމަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސާމްޕަލްތަކުގެ ނަތީޖާ ލަސްވުން ކަމަށެވެ.

ނައިފަރުން 1311 ސާމްޕަލް ނަގާފައިވާއިރު 427 ސާމްޕަލއްގެ ނަތީޖާ އަދި ނުލިބެ އެވެ.

"އަޅުގަނޑު މިދަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގުޅާ ހާލަތު ބަޔާންކޮށްދީ އަދި ހާލަތު ބަދަލު ކުރުމަށް ރަނގަޅު އަވަސް މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދެމުން. އަދި މިނޭވާގައިވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން ވީ އެންމެ އަވަސް އެންމެ ރަނގަޅު ފިޔަވަޅުތަކެއް މިކަމުގައި އަޅުއްވައިދެއްވަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔަމް ވިދާލުވީ ހުރިހާގެއެއްގައި ޓޭޕް ދަމާ މޮނިޓަރިންނަށްލައި ރަށުގެ ރައްޔިތުން ގޭބަންދުކޮށް ރައްޔިތުން ބިރުރި ވެކަމެއްގެ ތެރޭގައި ބޭތިއްބުމަކީ ހައްލު ނޫން ކަމަށެވެ.

"މިވަގުތު ނައިފަރަށް އެހީތެރިކަން އިންތިހާއަށް ބޭނުންވޭ. ކޮވިޑް ޓެސްޓު ކުރެވޭނޭ ވަސީލަތް ވަގުތުން ގާއިމްކުރަންޖެހޭ. ސިއްޙީ އިތުރު މަސައްކަތްތެރިން ބޭނުންވޭ. ތަންފީޒީ އިދާރާތަކުގެ އިންސާނީ ވަސީލަތް އިތުރުކުރަންޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި ނައިފަރުގެ ދަރުމަވެރިންގެ ފަރާތުން ފެންނަ އާދަޔާ ހިލާފް ހިދުމަތްތެރި މަސައްކަތް ފާހަގަކޮށް ޝިޔާމް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

comment ކޮމެންޓް