މި އަހަރުގެ ރަމަޟާން މަގާ ދިމާކޮށް "އަރިހުގައި" ނަމުގައި އެންޒީގެ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
އެންޒީ އިން ބުނީ އެ ޕްރޮމޯޝަންގައި އެންޒީގެ ފިހާރައަކުން ނުވަތަ އޮންލައިންކޮށް 200 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުން އޮޓޮމެޓިކުން ގުރުއަތެއްގައި ބައިވެރިވެވޭނެ ކަމަށެވެ.
ޕްރޮމޯޝަންގައި ބައިވެރިވިކަމުގެ އެސްއެމްއެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އެންޒީން ބުނީ މިއަދުން ފެށިގެން ކޮންމެ ހަފްތާއަކުވެސް ދެ ނަސީބުވެރިން ހޮވާނެ ކަމަށާއި އަދި ކޮންމެ ނަސީބުވެރިއަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށެވެ.
ފިތުރު އީދު ބަންދުގެ ނިޔަލަށް "އަރިހުގައި" ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ.
އެންޒީއިން ބުނީ ރޯދަމަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ހިދުމަތްތަކަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް 'އަރިހުގައި' ކެމްޕެއިންގައި އިތުރު ސަޕްރައިޒްތައް ހިމެނޭނެ ކަމަށް އެންޒީއިން ވަނީ ބުނެފަ އެވެ.
ވަރަށް ހާއްސަ މެސެޖަކާއިއެކު ކެމްޕެއިންގެ އިފްތިތާހީ ވީޑިއޯ ރޭގެ ވަގުތެއްގައި އެންޒީއިންވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.
ކޮވިޑް19 އާ ގުޅިގެން ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގޭގައި ތިބެގެން އޮންލައިންކޮށް ވިޔަފާރި ކުރުމަށް އެންޒީއިން އިލްތިމާސް ކޮށްފައިވާއިރު، އެންޒީގެ އޮންލައިން ޕޯޓަލް މިހާރު އިތުރަށް ފުރިހަމަ ކޮށްފައިވާނެ ކަމަށް އެ ކުންފިނިން ބުންޏެވެ.
އެންޒީން ބުނީ ގޭގައި ތިބެގެން އެންޒީގެ ކޮންމެ ޕްރޮޑަކްޓެއްވެސް www.enzi.mv އިން އޯޑަރު ކުރެވޭނެ ކަމަށާއި، މަސްކޭސް ގަންނަ ނަމަ، ތެޔޮ މަސްދަޅު ކޭހެއް 555 ރުފިޔާއަށް އަދި ފެން މަސްދަޅު ކޭހެއް 530 ރުފިޔާއަށް ލިބޭނެ ކަމަށެވެ.