ފެނުގެ ދުވަހާ ގުޅިގެން ޕޯސްޓަރު ކުރުމުގެ މުބާރާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރަތް ހާއްސަކޮށްފައިވަނީ އުމުރުން ތިން އަހަރާ 12 އަހަރާ ދެމެދުގެ އުމުރު ފުރާ އަށެވެ.
ދެ އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ތިން އަހަރާ ހަ އަހަރާ ދެމެދުގެ އުމުރުފުރާ އިން އެއްވަނަ އަށް 2000 ރުފިޔާ، ދެވަނަ އަށް 1000 ރުފިޔާ އަދި ތިން ވަނަ އަށް 500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.
ހަތް އަހަރާ 12 އަހަރާ ދެމެދުގެ އުމުރުފުރާ އިން ވެސް އެއްވަނަ އަށް 2000 ރުފިޔާ، ދެވަނަ އަށް 1000 ރުފިޔާ އަދި ތިން ވަނަ އަށް 500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.
މި މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް ފަސްވަނަ ދުވަހެވެ. ކުރެހުމުގެ ތީމް އަކީ "ފެނުގެ އަގު ވަޒަންކުރުން" އެވެ.
މި މުބާރާތުގެ ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ.
މި މުބާރާތަށް ހުށަހަޅާ ޕޯސްޓަރުތައް ހުންނަންވާނީ އޭ4 ސައިޒަށް ކަމަށާއި ސްކޭންކޮށް އަޕްލޯޑު ކުރާ ފައިލްގެ ސައިޒް ހުންނަންވާނީ 2 އެމްބީ އާއި 10 އެމްބީ އާއި ދެމެދު ކަމަށް އެންވަޔަރަމެންޓުން އާންމުކުރި އުސޫލުގައި ވެއެވެ.
ކުރެހުން ހުށަހެެޅުމަށައި ރެޖިސްޓާ ވުމަށް
https://forms.gle/YDvFJNSULQbfMDjq5