ފެނުގެ ދުވަހު ފެން ކުންފުނީގެ މެސެޖު: އިސްރާފު ނުކުރޭ، ރައްކާތެރިވޭ

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޑަބްލިއުއެސްސީ އިން ގޭގެއަށް ފޯރުކޮށްދޭ އިސްކުރު ފެނަކީ ރައްކާތެރި، ބޯން ކަމުދާ ފެން ކަމުގެ ޔަގީންކަން އެ ކުންފުނިން އަބަދުވެސް ދެއެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އެމްޑަބްލިއުއެސްސީ އިން ދޭ މެސެޖަކީވެސް މިއެވެ. އެ ކުންފުނީގެ ފަރާތުން ފޯރުކޮށްދޭ ފެން ރައްކާތެރި ކަމުގެ ވާހަކައެވެ. އެއީ ކެއްކުމަށާއި ބުއިމަށް ކަމުދާނެ ފެނެއް ކަމަށެވެ.

ފެނުގެ ދުވަހާ ގުޅިގެން ގައުމީ ފެންކުންފުނިން އާްމު ކުރި ކުރު ވީޑިއޯގައިވެސް ކިޔައިދެނީ މި ވާހަކައެވެ. އެކުންފުނިން ފޯރުކޮށްދޭ ފެނަކީ ބިމުގެ އަޑިން ނަގާ، ސާފު ކުރުމަށްފަހު ލޮނާއި ފެން ވަކިކޮށް ގޭގެ އިސްކުރު ތަކާ ހަމައަށް ދޫކުރާ ފެންކަމެވެ. މި ފެނަކީ ކެއްކުމަށާއި ބުއިމަށްވެސް ކަމުދާނެ ރައްކާތެރި ފެނެއްކަމެވެ.

https://sun.mv/134986

މީގެ އިތުރުން ފެން އިސްރާފުނުކުރުމަށް ވެސް ފެން ކުންފުނިން އިލްތިމާސް ކުރެއެވެ. ފެން ލިބުމުގައި ފަސޭހަވިނަމަވެސް، ފެން ބޭނުންކުރުމުގައި ރައްކާތެރިވެ، އިސްރާފު ކުޑަ ކުރުމަށް އަބަދުވެސް ސަމާލުުމަށް އެ ކުންފުނީގެ އެ މެސެޖުގައި ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް