ރާއްޖެއިން ގަތަރަށް ނޮން-ރެސިޑެންޓް ސަފީރެއް އައްޔަންކުރަނީ

ރައީސް ސޯލިހު ގަތަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ---

ރާއްޖެއިން ގަތަރަށް ނޮން-ރެސިޑެންޓް ސަފީރެއް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައީސް ސޯލިހުގެ އެ ނިންމެވުން އިއުލާން ކުރެއްވީ، ރައީސް ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ސޯލިހުގެ އެ ނިންމެވުން ގަތަރުންވެސް ބަލައިގެންފައިވާ ކަމަށެވެ.

އެ ނިންމެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި އެހެން ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތް ކުރަން އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު އިއްޔެ ވަނީ ނިންމަވާލައްވާފަ އެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދުއާ ބައްދަލުކުރައްވާފަ އެވެ.

comment ކޮމެންޓް