ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ތޮއްޑޫ މޮނިޓަރިންގ އަށް ލައިފި

އއ. ތޮއްޑޫ -- ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން، އއ. ތޮއްޑޫއަށް އަރައިފޭބުން މަނާކޮށްފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނި އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އަދި އޭނާގެ ގެއިން އިތުރު ބަޔަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެހެންކަމުން ޕޮޒިޓިވް މީހުންގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށާއި ކޭސް އިންވެސްޓިގޭޓް ކުރަން، އެ ރަށް މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ތޮއްޑޫއަށް އަރައިފޭބުން މަނާކުރި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 21،666އަށް އަރާފަ އެވެ. އޭގެ ތެރެއިން 19،245 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،350 އެވެ. އޭގެ ތެރެއިން 127 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 64 އެވެ.

comment ކޮމެންޓް