ސްޕައިސްޖެޓަށް ސީޕްލޭން ލީޒްކޮށްގެން ފައިދާ ލިބޭ: އައިލެންޑް އޭވިއޭޝަން

އިންޑިއާ އަށް ދިޔަ ސިޕްލޭން ކްރޫ ރާއްޖެ އައުން -- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގެ ސީޕްލޭން، އިންޑިއާގެ ސްޕައިސްޖެޓަށް ވެޓް ލީޒް ކޮށްގެން ކުންފުންޏަށް ފައިދާ ލިބޭ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިހާދު ވިދާޅުވީ އިންޑިއާގައި މޯލްޑިވިއަންގެ ސީޕްލޭން ބޭނުންކޮށްގެން ކުރާ ދަތުރުތަކާއެކު އެ ކުންފުންޏަށް އެކްސްޕޯޝާ ވެސް ލިބޭ ކަމަށެވެ.

މާލީގޮތުންވެސް މިކަމަކީ ފީޒިބަލް ކަމެއް ކަމަށް މިހާދު ވިދާޅުވިއެވެ.

"ފުރަތަމަ ސްޕައިސް ޖެޓާއެކު އެއްބަސްވެވިފައި އޮތީ އެއް މަހަށް ނަމަވެސް މިހާރު އެއްބަސްވުން ތިންމަހަށް ވަނީ އިތުރު ކޮށްފައި،" މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ އެމްޑީ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ވެޓް ލީޒް ކޮށްގެން އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ ކެވާޑިއާ އާއި އަހުމަދުއާބާދާ ދެމެދު ދަތުރު ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހުއެވެ.

މިހާރުވެސް މޯލްޑިވިއަންގެ ބޯޓާއި ކްރޫ ބޭނުންކޮށްގެން ސްޕައިސްޖެޓުން ދަނީ އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދެމުންނެވެ.

comment ކޮމެންޓް