ބްރޯޑްކޮމްގެ މެންބަރުކަމަށް ހުޅުވާލައިފި

ބްރޮޑްކޮމްގެ މެންބަރުން ---

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ ބްރޮޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލަނީ އެ ކޮމިޝަނުގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ ކަމަށެވެ.

މަގާމުގެ މުއްދަތު ހަމަވަނީ ކޮމިޝަނަރު ފާތިމަތު ސަރާހަތު އިއްޒަތުގެއެވެ. އޭނާ ކޮމިޝަނު މެމްބަރުކަމަށް އައްޔަނުކުރީ 2016 އޭޕްރިލް 5 ވަނަ ދުވަހުއެވެ. އެހެންކަމުން މި އަހަރުގެ އޭޕްރިލް ފަހަކަށް އޭނާގެ މެމްބަރުކަމުގެ ފަސް އަހަރުގެ ދައުރު ހަމަވާނެއެވެ.

މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 22 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ރައީސާ މަރިޔަމް ވަހީދާ އާއި ނައިބު ރައީސް އަހުމަދު ގައިސްގެ އިތުރުން މެންބަރު އާމިނަތު ސަރާހަތު އިއްޒަތު، އަމްޖަދު ވަހީދު، މެންބަރު ޢަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާ އަދި މުހައްމަދު ފަޒީން އެވެ.

comment ކޮމެންޓް