އޮތެންތިކް މޯލްޑިވްސްގެ ފިހާރައެއް މާލޭގައި ހުޅުވައިފި

މާލޭގައި ހުޅުވި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ --- ފޮޓޯ/ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކުން އުފައްދާ ދިވެހި ޕްރޮޑަކްޓްތައް ވިއްކުމަށް ހިންގާ "އޮތެންޓިކް މޯލްޑިވްސް"ގެ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

އޯކިޑްމަގުގައި ހިލާލީގެ ކައިރީގައި މި ފިހާރަ ހުޅުވީ ރޭގައެވެ. ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ އިސްވެރިންނާއި ރާއްޖޭގައި ހުންނަވާ ޖަޕާނު ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އޮތެންޓިކް މޯލްޑިވްސް އެންމެ ފުރަތަމަ ހުޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީފްރީގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެވެ. އެއަށްފަހު ހުޅުމާލޭ ސެންޓްރޯ މޯލްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް އޮތެންޓިކް މޯލްޑިވްސް ފިހާރައެއް ހުޅުވިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ އޮތެންޓިކް މޯލްޑިވްސް ފިހާރަތަކުގެ ސަބަބުން ދިވެހިން ސުފައްދާށ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓުތަކަށް ވިއްކުމުގެ މަގުފަހިވެ، އެފަދަ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު ބާރަކަށް ވާ ކަމަށެވެ.

މާލޭގައި ހުޅުވި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ --- ފޮޓޯ/ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

ބީސީސީން ބުނީ އޮތެންޓިކް މޯލްޑިވްސްގެ ޑިއުޓީފްރީ ފިހާރައިގައި 60 އަށްވުރެ ގިނަ ފަރާތްތަކުގެ އުފެއްދުންތައް ވިއްކަމުންދާ ކަމަށެވެ. އަދި ހުޅުމާލޭގައި ހުންނަ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި 50 އަށްވުރެ ގިނަ ފަަރާތްތަކުގެ އުފެއްދުންތައް ވިއްކަން ފުރުސަތު ދީފައިވާ އިރު، ޖާގައިގެ ތަނަވަސްކަން ހުރި މިންވަރުން އިތުރު އުފެއްދުންތެރިންގެ މުދާވެސް ވިއްކަން ފުރުސަތު ދޭނެ ކަމަށެވެ.

މާލޭގައި ހުޅުވި ފިހާރައިގައި އެފަދަ ދިވެހި އުފެއްދުންތަކުގެ އިތުރުން ގޭތެރެއަށް ބެނުންވާ ފަރުނީޗަރު ހަދާ މީހުންނަށް "ޝޯރޫމް ކޯނާ"އެއް ވެސް ފަރުމާކޮށްފައިވާ ކަމަށް ބީސީސީން ބުންޏެވެ.

comment ކޮމެންޓް