ފަޅުރަށަކުން ދެ ކޮތަޅުގެ މަސްތުވާތަކެތި އާންމުން ހޯދައިފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- ފައިލް ފޮޓޯ/ ފުލުހުން

ފަޅު ރަށެއްކަމަށްވާ ތ. ފިނޮޅުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ކޮތަޅު އާންމުންގެ ބަޔަކު ހޯދައިފި އެވެ.

ފުލުހުންނަށް އެކަމުގެ ރިޕޯޓު ލިބުނީ ރޭ 7:00ގަ އެވެ.

ފުލުހުން ބުނީ، ފިނޮޅަހު ކިޔާ ފަޅުރަށަކަށް ގޮސް އުޅުނު ބަޔަކަށް އެ ރަށު ގޮނޑުދޮށުން މަސްތުވާތަކެއްޗަށް ޝައްކުވާ އެއްޗެހިތަކެއް އަޅާފައި ހުރި ދެ ކޮތަޅު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުން އެރަށަށް ގޮސް، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

ފެނިފައި ވަނީ ކިހާ އަދެއްގެ އެޗިއްސެއް ކަމާއި އިތުރު އެއްވެސް ތަފްސީލެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް