ލަންކާގައި މޫނު ބުރުގާއެޅުން މަނާކޮށް، 1،000 އިސްލާމިކް ސްކޫލް ބަންދުކުރަނީ

ލަންކާގެ މަގެއްގެ މަތީ މުސްލިމް އަންހެނަކު ކުޑަކުއްޖަކާއެކު ހިނގަނީ --

ސްރީލަންކާގައި މޫނު ބުރުގާއެޅުން މަނާކޮށް، އިސްލާމީ ތައުލީމު ދޭ 1،000 ސްކޫލު ބަންދުކުރުމަށް އެގައުމުގެ ކެބިނެޓަށް ހުށަހަޅައިފި އެވެ.

ފަރަނަރަހާހަށްވުރެ ގިނަ ދިވެހިން ދިރިއުޅުމުން އަންނަ ލަންކާގައި އެ ފިޔަވަޅު އެޅުމަށް ކެބިނެޓް ޕޭޕަރުގައި ސޮއިކޮށް ހުށަހެޅި ކަމަށް އެގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސެކެރަ ވަނީ ހާމަށްކޮށްފައެވެ.

އެގައުމުގެ އަވަށެށްކަމަށްވާ ކަލުތަރައިގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސަރަތު ވިދާޅުވީ، ގައުމީ ސަލާމަތީ ސަބަބުތަކަށްޓަކައި މޫނު ބުރުގާއެޅުން މަނާކުރުމަށް، ކެބިނެޓް ޕެޕަރުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މޫނު ބުރާގާ މަނާކުރުމުގެ އިތުރުން ރަޖިސްޓްރީނުކޮށް ހިންގަމުން އަންނަ 1،000 އިސްލާމިކް ސްކޫލްތައްވެސް ބަންދުކުރާނެ ކަމަށެވެ.

"ކުޑައިރު އަހަރުމެންގެ ވަރަށް ގިނަ މުސްލިމް ރަހުމަތްތެރިން ތިބި. އޭރު އެމީހުން މޫނު ބުރުގާ ނާޅާ. އެއީ ވަރަށް ފަހަކުން އައި ހައްދުފަހަނައެޅި ފިކުރުގެ ރަމްޒެއް. މަދަރުސާތައް ބަންދުކުރުމާއެކު މޫނު ބުރުގާ އެޅުންވެސް މަނާކުރާނަން،" އޭނާ ވިދާޅުވި އެވެ.

ލަންކާގައި 2019ވަނަ އަހަރު 250 މީހުން މަރާލި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެގައުމުގައި މޫނު ބުރުގާ އެޅުން ވަގުތީ ގޮތުން އޮތީ މަނާކޮށްފަ އެވެ. އެ ހަމަލާ ދީފައިވަނީ ކްރިސްޓިއަނުންގެ ފައްޅިތަކަށް އަމާޒުކޮށެވެ.

comment ކޮމެންޓް